އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓާ ލިޒް ޓްރަސް
ފޮޓޯ: ރޮއިޓާސް
އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓާ ލިޒް ޓްރަސް ފޮޓޯ: ރޮއިޓާސް
ދުނިޔެ 08 Sep 2022 | 21:17

ރައްޔިތުން ރަސްގެފާނާއި އެކު އެއްބައިވަންތަކަން ދެއްކުމަށް އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓާ ލިޒް ޓްރަސް ގޮވާލައްވައިފި

ރައްޔިތުން ރަސްގެފާނާއި އެކު އެއްބައިވަންތަކަން ދެއްކުމަށް އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓާ ލިޒް ޓްރަސް ގޮވާލައްވައިފިއެވެ.

ޓްރަސް މިހެން ވިދާޅުވެފައިވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ދެއްވި ބަޔާނެއްގައެވެ. ޓްރަސް އިތުރަށް ވިދާޅުވެފައިވަނީ އިނގިރޭސިވިލާތް މިއަދު މިދެކޭ ތަރައްގީއާއި ތަހުޒީބީ ދުވަހަށް އައިސްފައިވަނީ ރާނީ އެލިޒަބަތުގެ މަސައްކަތުން ކަމަށެވެ. އަދި ކުރިއަށް އޮތީ ހިތާމަވެރި ދަތި ދުވަސްތަކެއް ކަމަށާއި ރާނީގެ ހަޔާތުގައި ހޯދި ކާމިޔާބީތަށް ފާހަގަކޮށް އުފާ ކުރުމަށް އިނގިރޭސި ރައްޔިތުން، ކޮމެންވެލްތު އަދި ދުނިޔޭގެ ގައުމުތަކުން އެކަތިގަނޑަކަށް ވާނެ ކަމަށް ޓްރަސް ވަނީ ވިދާޅުވެފައެވެ.

މި ހަފްތާގައި ޕްރައިމް މިނިސްޓަރ ކަމާއި ހަވާލުވެ ވަޑައިގެން ޓްރަސް ވެގެން ގޮސްފައިވަނީ ރާނީ އެލިޒަބަތުގެ ރަނިކަމުގައި އެ ގައުމުގެ ޕްރައިމް މިނިސްޓަރ ކަމާއި ހަވާލުވި 14 ވަނަ ފަރާތަށެވެ.

ރާނީ އެލިޒަބަތު އަވަހާރަ ވެފައިވަނީ މިއަދު އެކަމަނާގެ ޑޮކްޓަރުން ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް ބުނުމުން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ބީބީސީއިން އާންމުކުރި ގޮތުގައި އެކަމަނާ އަވަހާރަ ވެފައިވަނީ އިނގިރޭސި ވިލާތުގެ ގަޑިން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.