ތޫނު އެއްޗަކުން ހަމަލާދީ ތިން ފުލުހުން ޒަޚަމްކޮށްލައިފި!
މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ތިން ފުލުހުން ޒަޚަމްކޮށްލައިފިއެވެ.
މިހާދިސާއާއި ގުޅިގެން ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން މި ހާދިސާ ހިނގާފައިވަނީ މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރީގައެވެ. އަދި ފުލުހުންނަށް ހަމަލާދިން ދެމީހުން ހަމަލާދިނުމަށްފަހު ފިލަން މަސައްކަތް ކުރުމުން މަގުމަތި ބަލަހައްޓަމުންދިޔަ އިތުރު ފުލުހުންނާއެކު އެދެމީހުން ވަނީ ހައްޔަރު ކޮށްފައެވެ.
މިމައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދިން މައްސަލައާއި ގުޅިގެން ދެމީހަކު މިއަދު 11:50 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އަނިޔާވި ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާ، ތިން ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް