ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް، ވަގަށް ނަގައިފި!
ހުޅުމާލޭ ފޭސް އެކެއްގައި ވަޅުލާފައި ހުރި ކަރަންޓު ކޭބަލްތަކެއް ބުރިކޮށްގެން ވަގަށް ނަގާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް ވަގަށް ނެގުމުގެ ސަބަބުން ރޭ ހުުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގު ބައްތިތައް ނުދިއްލޭ ކަމަށެވެ.
އެގޮތުން ސެންޓްރަލް ޕާކު ސަރަހައްދުގެ ބައެއް މަގުތައް އަނދިރިވެފައިވާއިރު، މަގުތައް ދިއްލުމުގެ މަސައްކަތް ހުޅުމާލެ އޮޕަރޭސަންސް ގެ 3 ޓީމަކުން ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ކުރި މަތިވެފައިވާއިރު، މިކަން މިހާރު އާއްމު ކަމަކަށް ވަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހެޅި ބަލަމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް