ހިޔާ ޓަވަރު 5 އާއި 6 ގެ ކުނި ވޭސްޓް ޔުނިޓުން ނަގަން ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފަސް ވަނަ ޓަވަރާއި ހަ ވަނަ ޓަވަރުގެ ކުނި، ފްލެޓް ތިރީގައި ގާއިމްކޮށްފައިވާ ވޭސްޓް ޔުނިޓުން ނަގަން ފަށައިފިއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނީ މިއަދުން ފެށިގެން ހިޔާ ފްލެޓްގެ ފަހެއް އަދި ހަ ވަނަ ފްލެޓުން ދުވަހު ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ފްލެޓް ތިރީގައި ގާއިމްކޮށްފައިވާ ވޭސްޓް ޔުނިޓުން ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހެއްގެ 17:00 އިން 22:00 އަށް ވޭސްޓް ޔުނިޓުން ކުނި ނަގާނެ ކަމަށް ވެމްކޯއިން ބުނެ އެވެ.
ވެމްކޯއިން ބުނީ އުކާލަންގެންނަ ކުނި ހުންނަންވާނީ، ބަދިގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެންކުނި ވަކިން ބަންދުކޮށްފައި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް