މާއުނގޫދޫގައި މީހެއްގެ ބަނޑަށް ވަޅި ހަރައިފި
ށ. މާއުނގޫދޫގަައި މީހެއްގެ ބަނޑަށް ވަޅިހަރައި ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ށ. މާއުނގޫދޫގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ ދަންވަރު 12:40 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީއާއި ގުޅިގެން އަނިޔާވި 31 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކަށް މާއުނގޫދޫ ހެލްތު ސެންޓަރ ގައި ފަރުވާ ދީފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި 31 އަހަރުގެ މީހާ އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް