އަނގޮޅިތީމުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ
އަނގޮޅިތީމުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ
ކުޅިވަރު 09 Nov 2023 | 16:26

މެޗަކުން ބަލިނުވެ, އަނގޮޅިތީމު ޗެންޕިއަންކަން ހޯދައިފި

ރ.އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ އަންހެން ހޭންޑްބޯލް މުބާރަތުގެ ފައިނަލުގައި މިއަދު ހަވީރު 11-7 ގެ ނަތީޖާއަކުން ހުޅުދުއްފާރު ބަލިކޮށް އަނގޮޅިތީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

2023 ނޮވެންބަރ 04 ން 09 އަށް ރ.އުނގޫފާރުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ބައިވެރިވިއިރު، މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށް ފައިނަލުން ފުރުސަތު ލިބޭގޮތަށެވެ.

އެގޮތުން ހުޅުދުއްފާރުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗުގެތެރެއިން ދެ މެޗުން މޮޅުވެ، އެއްމެޗުން ބަލިވެ ލިގު ބުރުގެ ދެވަނަ ޓީމުގެގޮތުގައެވެ. އަދި އަނގޮޅިތީމު ފައިނަލުން ޖަގަ ހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އުނގޫފާރު ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އަނގޮޅިތީމުންނެވެ. އަދި މިހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން އަނގޮޅިތީމު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ހުޅުދުއްފާރުން ވަރުގަދަކޮށް ފެށިއިރު މިހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކަމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއްދެއްކި އަނގޮޅިތީމުން މިހާފުގައި އިތުރު 7 ލަނޑު ކާމިޔާބުކުރިއިރު ހުޅުދުއްފަރަށް ކާމިޔާބުކުރެވުނީ އިތުރު ތިން ލަނޑެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 7-11 ގެ ނަތީޖާއަކުން އަނގޮޅިތީމު ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނގޮޅިތީމު ޓީމުގެ ފާތުމަތު ރިޝްމާއެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ އައިޝަތު މަޖީދާ (ހުޅުދުއްފާރު)، ފާތުމަތު ރިޝްމާ (އަނގޮޅިތީމު)، އާއިޝަތު ސައުޝަން (އަނގޮޅިތީމު)، އައިޝަތު ނަސްމާ (ހުޅުދުއްފާރު)، ނަޒީމާ އަބްދުއްރަހުމާން (ހުޅުދުއްފާރު) އަދި އާމިނަތު މިންނާ (އިނގުރައިދޫ) އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ހުޅުދުއްފާރު ޓީމުގެ އައިޝަތު މަޖީދާ އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހުޅުދުއްފާރު ޓީމުގެ އައިޝަތު ނަސްމާ ހޮވުނުއިރު، އެންމެ މޮޅު ގޯލްކީއްޕަރުގެ މަގާމް ލިބުނީ ހުޅުދުއްފާރު ޓީމުގެ ނަޒީމާ އަބްދުއްރަހުމާން އަށެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އަނގޮޅިތީމުގެ ކޯޗު ލިއޮނައު ޖަނަމްބާ ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އިނގުރައިދޫ އެވެ.

މުބާރާތުގެ އެންމެ ޝަރަފުވެރި މަގާމު "ކްއީން އޮފް ދަ ޓޯނަމަންޓް" ގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ވެސްް ލިބުނީ އަނގޮޅިތީމުގެ ފާރުމަތު ރިޝްމާ އަށެވެ. އޭނާ ވަނީ މިމުބާރާތުގައި ޖުމްލަ 28 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއް، ތުހުމަތު އޮތް މީހާ ހައްޔަރުކޮށްފި
29 Sep 2026 ހަބަރު

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއް، ތުހުމަތު އޮތް މީހާ ހައްޔަރުކޮށްފި

ރ. އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ. ފުލުހުން ބުނީ އަނގޮޅިތީމުގެ ގެއަކަށް މީހަކު ވަދެ 72 އަހަރުގެ ދިވެހި އަންހެނަކާމެދު ގަދަކަމު...

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު
21 Aug 2026 ހަބަރު

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު

ރ. ހުޅުދުއްފާރުގެ ދެކުނު އަވަށުގައި 250 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުއަށް އިސްނެގި އާއިލާއިން ވަނީ ޖުމްލަ ޚަރަދުގެ 20 އިންސައ...

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމަނައިފި
19 Mar 2026 ހަބަރު

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމަނައިފި

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި ...

އާރުޑީސީން ހުޅުދުއްފާރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
26 Jul 2025 ހަބަރު

އާރުޑީސީން ހުޅުދުއްފާރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ން ރ. ހުޅުދުއްފާރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށް ބުނެފި އެވެ. އެގޮތުން އެކުންފުނިން އެކްސްގައ...

ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަޝްރޫޢު ސެޕްޓެމްބަރު މަހަށް ނިންމާނަން: ރައީސް މުޢިއްޒު
22 Jan 2025 ހަބަރު

ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަޝްރޫޢު ސެޕްޓެމްބަރު މަހަށް ނިންމާނަން: ރައީސް މުޢިއްޒު

ސްކޫލުތައް ފިނިކުރުމަށް ފަށާފައިވާ ”ކޫލް ސްކޫލް“ މަޝްރޫޢުގެ ދަށުން، އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު ބޭނުންކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރާނެކަމަށް ރަ...

އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މި އަހަރު ފުރިހަމަކުރުމަށް މަސައްކަތްކޮށްދޭނަން: ރައީސް
03 Mar 2024 ހަބަރު

އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މި އަހަރު ފުރިހަމަކުރުމަށް މަސައްކަތްކޮށްދޭނަން: ރައީސް

ރ.އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މި އަހަރު ފުރިހަމަކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުއިއްޒު މި...