N/A
N/A
ހަބަރު 09 Dec 2022 | 16:06

ބ. އަތޮޅުގައި ސްޕީޗް އެންޑް ހިއަރިންގް ކޭމްޕެއް ކުރިއަށް ގެންގޮސްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިނަލްއަގްވާމީ ދުވަސް ފާހަކުރުމަށްޓަކައި އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ގުޅިގެން ބ. އަތޮޅުގައި ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ކުރިޔަށް ގެންގޮސްފި އެވެ.

ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ބ. އަތޮޅު އޭދަފުށި، ކުޑަރިކިލު، ކަމަދޫ، ހިތާދޫ، ތުޅާދޫ، ފުޅަދޫ، ގޮއިދޫ، ކިހާދޫ، ދޮންފަނު އަދި ދަރަވަންދޫއިން އަޑުއިވުމާއި ވާހަކަދެއްކުމުގެ ދަތިތައް ހުންނަ 65 އަށްވުރެ ގިނަ ކުޑަކުދިންނަށް ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަން، ޑައިގްނޯސިސް، އިންޑިވިޖުއަލް އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓް ހިލޭ ހަދާދީފައިވެ އެވެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް އަމާޒުކޮށްގެން ކްލާސް ރޫމްގައި ބޭނުންކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދާދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިންމު މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

އެގޮތުން، ކެންދޫ ސްކޫލް، ތުޅާދޫ ސްކޫލް، ކަމަދޫ ސްކޫލް، ބ. އަތޮޅު މަދަރުސާ، ފުޅަދޫ ސްކޫލް، ދޮންފަނު ސްކޫލް، ހިތާދޫ ސްކޫލް، މާޅޮހު ސްކޫލް، ގޮއިދޫ ސްކޫލް، ފެހެންދޫ ސްކޫލް، ކިހާދޫ ސްކޫލް އަދި ކުޑަރިކިލު ސްކޫލްގައި ފައުންޑޭޝަން ސްޓެޖަށް ކިޔަވައިދޭ ޓީޗަރުންނާއި އަދި ސެން، 30 އަށްވުރެ ގިނަ ޓީޗަރުން އޭދަފުށީގައި ބޭއްވި ދެ ދުވަހުގެ އެ ވޯކްޝޮޕްގައި ބައިވެރިވި އެވެ.

މިފަދަ ވޯކްޝޮޕެއް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމަށް ބ. އަތޮޅު ކައުންސިލާއި، ހޯސްޕިޓަލާއި އެނޫންވެސް ފަރާތްތަކުން ވެދިން އެހީއަށް އާކުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްފަދައިން ހަމަހަމަ ފުރުސަތުތަކެއް ލިބިދީ، އެކުދިންގެ ހައްގުތައް ކަށަވަރުކޮށް އަބުރުވެރި މުސްތަގުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އާކުން ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ބ އަތޮޅު ފަޅުރަށެއްގައި ބަޔަކު ވެލާ ފަޅައިގެން ކެއި މައްސަލައެއް
19 Apr 2026 ހަބަރު

ބ އަތޮޅު ފަޅުރަށެއްގައި ބަޔަކު ވެލާ ފަޅައިގެން ކެއި މައްސަލައެއް

ބ. ހުޅުދޫގައި ބަޔަކު ވެލާ ފަޅައިގެން އޭގެ މަސް ކެއި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކޮށް، އެ މައްސަލައިގެ ރިޕޯޓު އެންވަޔަރަންމަންޓަލް ރެގިޔުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަށް ފޮނުވައި...