ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް/ ފޮޓޯ: ދެން
ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް/ ފޮޓޯ: ދެން
ހަބަރު 09 Dec 2023 | 06:34

ފުށިދިއްގަރުފަޅު މަޝްރޫއު ބަޖެޓުން އުނިކުރުމަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުން: ހަމްދާން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއު، ފުށިދިއްގަރުފަޅު މަޝްރޫއު މިއަހަރުގެ ބަޖެޓުން އުނިކުރުމަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުން ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ބަޖެޓުގައި ފުށިދިއްގަރުފަޅު މަޝްރޫއު ފަށައި، ބިން ހިއްކުމަށް 400 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ގެންދިޔަ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމެޓީން ވަނީ އެ މަޝްރޫއަށް ކަނޑައެޅު ބަޖެޓު އުނިކޮށް އެ ފައިސާ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމުގެ މަޝްއޫއަށް ކަނޑައަޅާފަ އެވެ.

ބަޖެޓު ކޮމެޓީގެ އެ ނިންމުމަށް ފާޑުވިދާޅުވެ ހަމްދާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޕީޑީ މެޖޯރިޓީ ކޮންޓްރޯލު ކުރާ ބަޖެޓު ކޮމެޓީގެ އެ ނިންމުމަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން ފުށިދިއްގަރުފަޅު ޕްރޮޖެކްޓް އުނިކުރަން އެމްޑީޕީ މެޖޯރިޓީ މަޖިލިސް ކޮމިޓީއިން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން"

ހަމްދާނު ޝަކީލް

ފުށިދިއްގަރުފަޅު މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ޕްލޭނުގައި ހިމަނާފައެވެ.

މި މަޝްރޫއު މުޅިން ނިމޭއިރު، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.