ސްޓަަރބަކްސް ގެ އައުޓްލެޓެއް. ފޮޓޯ:އިންޓަރނެޓް
ސްޓަަރބަކްސް ގެ އައުޓްލެޓެއް. ފޮޓޯ:އިންޓަރނެޓް
ދުނިޔެ 09 Dec 2023 | 10:07

ބޮއިކޮޓް ތަކާއި ގުޅިގެން ސްޓަރބަކްސް އަށް 11 ބިލިއަންގެ ގެއްލުމެއް!

ބައިނަލް އަޤްވާމީ ދުނިޔޭގައި މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސްޓަރ ބަކްސް އަށް، ބޮއިކޮޓް ތަކާއި ގުޅިގެން 11 ބިލިއަންގެ ގެއްލުމެއް ލިބިއްޖެއެވެ.

ސްޓަރބަކްސް ބޮއިކޮޓް ކުރުމަށް ގޮވާލަމުންދާ ގޮވާލުން އަންނަ އަޑު އަންނަނީ ގަދަވަމުންނެވެ.

ޚަލީޖް ޓައިމްސް ގައި ބުނެފައިވަނީ ނޮވެމްބަރުގެ 16 ރެޑް ކަޕް ޑޭ ޕްރޮމޯޝަން އިން ފެށިގެން ސްޓަރބަކްސްގެ ހިއްސާ ބޮޑުތަނުން ދަށަށް ޖެހިލައިފައިވާ ކަމަށާއި، 19 ދުވަހުގެ ތެރޭގައި 8.96 ޕަސެންޓް ގެއްލުން ސްޓަރބަކްސްއަށް ގެއްލުންވެފައިވާ ކަަމަށެވެެ.

ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ސޯޝަލް މީޑިއާއިގައި އަޑު އުފުލި ސްޓަރބަކްސްގެ މުވައްޒަފުން ތަކަކަށް އެކުންފުނިން ވަނީ ފިޔަވަޅު އަޅައިފައެވެ.

ސްޓަރބަކްސް ބޮއިކޮޓް ކުރަން ގޮވައިލާން ފެށީ އެހާހިސާބުން ފެށިގެނެވެ.

ސްޓަރބަކްސް ބޮއިކޮޓް ކުރަން ގޮވާލަން ފެށި ގޮވައިލުން އަޑު ގަދަވެ މިހާރު އެކުންފުނިން މިވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ސްޓަރބަކްސްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުންފުނިތަކެއް ބޮއިކޮޓް ކުރުމަށް ދަނީ ގޮވައިލަމުންނެވެ. އަދި އެކަމާއި ގުޅިގެން އެކުންފުނިތަކަށްވެސް ދަނީ ގެއްލުންތަކެއް ވަމުންނެވެ.

އެކުންފުނިތަކަށް ބޮއިކޮޓް ތަކާއި ކުރިމަތިލާން ޖެހިފައިމިވަނީ އިޒްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް އެކުންފުނިތަކުން ވާގިވެރިވާ މައްސަލާގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.