އިތުބާރުނެތްކަމުގެ ވޯޓުން ޓެރީސާ މޭ ސަލާމަތްވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖޭގެ ގަޑިން ރޭ ދަންވަރު ކޮންޒަވޭޓިވް ޕާޓީގެ މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ބޮޑުވަޒީރު ޓެރީސާ މޭ މަގާމު ދިފާއުކުރައްވައިފިއެވެ.
ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެންބަރުންގެ މެދުގަައި ނެގުނު ވޯޓަކުން އެކަމަނާ މަގާމު ދިފާއުކުރެއްވީ 200 މެންބަރުންގެ ވޯޓުންނެވެ. އެކަމަނާއާއި ދެކޮޅަށް 117 މެންބަރުން ވޯޓުދެއްވިއެވެ.
އެކަމަނާއާއި ދެކޮޅަށް ކޮންޒަވޭޓިވް ޕާޓީގެ މެންބަރުންކޮޅެއް ޕެޓިޝަން ހުށައަޅާފައިވަނީ ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ މަރުހަލާގައި އެކަމަނާ ގެންގުޅުއްވާ ސިޔާސަތުތަކާއި ހިތްހަމަޖެހިވަޑައިނުގެންނަވާތީއެވެ.
އިއްޔެގެ ވޯޓު އެކަމަނާ ކާމިޔާބު ކުރެއްވިކަމުގައިވިޔަސް، 2022 ވަނަ އަހަރުގެ އާންމު އިންތިހާބުގައި އެކަމަނާ ވާދަނުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެކަމަނާ ވިދާޅުވީ ބްރެކްސިޓްގެ ކަންކަން ވަރަށް އަވަހަށް ނިމިގެންދާނެކަމަށާއި، ދެކޮޅަށް ވޯޓުދެއްވި މެންބަރުންގެ އަޑުވެސް އައްސަވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް