ހުޅުމާލެ ބީޗްގައި ހިންގާ ކެފޭތައް ހުސްކުރުމަށް އަންގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހުޅުމާލޭ ބީޗްގައި ހިންގާ ކެފޭތައް އަންނަ އަަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ހުސްކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެޗްޑީސީއަށް އިލްތިމާސްކޮށްފިއެވެ.
މިގޮތަށް އިކޮނޮމިކް މިނިސްޓްރީން އަންގާފައިވާކަން ހާމަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައެވެ. ފައްޔާޒް ވިދާޅުވީ ހުޅުމާލެ ބީޗްގައި ހިންގާ ކެފޭތަކުގެ މައްސަލަ ބެލިއިރު، އެތަންތަން ހިންގަނީ އެޗްޑީސީގެ ހުއްދައެއް ނެތިކަން ސާފުވެފައިވާ ކަމަށެވެ. އެހެން ކަމުން އަންނަ ޖެނުއަރީ މަހުގެ 31 ގެ ކުރިން އެތަން އާއްމުންނަށް ފުރިހަމައަށް ބޭނުން ކުރެވޭނެ ގޮތެއް އިންތިޒާމް ކުރުމަށް އެޗްޑީސީއަށް އިލްތިމާސްކޮށްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަދި އެހެންމެ އެތަންތަން ވަކި އުސޫލެއްގެ ތެރެއިން އިންތިޒާމްކޮށް، ރައްޔިތުންނަށްވެސް ބޭނުން ކުރެވޭނެ ގޮތްތަކެއް ހެދުމަށް އަންގަވާފައިވާ ކަމަށްވެސް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.
ހުޅުމާލޭ ބީޗްގައި ހިންގަމުންދާ ކެފޭތަކުގެ ސަބަބުން އާންމުންނަށް އެތަންތަން ބޭނުންކުރުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީގެ ކުރިން ޝަކުވާކޮށްފައެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވި އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ބީޗްގައި ކެފޭ ހިންގުމާއި މެދު އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަން ނިމިގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް