ދިވެހިރާއްޖެ އާއި ސްރީލަންކާ ވާދަކުރި މެޗުގެ ތެރެއިން..
ދިވެހިރާއްޖެ އާއި ސްރީލަންކާ ވާދަކުރި މެޗުގެ ތެރެއިން..
ކުޅިވަރު 06 Sep 2025 | 14:38

ފުރަތަމަ މެޗުގައި ލަންކާ އަތުން ދިވެހި ޓީމަށް ފަސޭހަ މޮޅެއް

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ވާދަކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރާއްޖެ އިން ލަންކާ އަތުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ދަމަހައްޓައިފިއެވެ.

ރާއްޖޭގެ ޤައުމީ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިވާއިރު، އެންމެ ފަހުން ދިވެހި ޓީމު މޮޅުވެފައިވަނީ 2024 ވަނަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝް އަތުންނެވެ. އަދި ލަންކާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، ދެމެޗުން ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދިވެހިރާއްޖެ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ނާއިޒް (ދާދު)އެވެ. އަދި އޭގެ ހަތް މިނެޓްފަހުން ރާއްޖެއަށް ލީޑު ފުޅާކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)އެވެ. އަދި ރާއްޖޭގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެެވެ.

މެޗުގެ ދެވަނަ ހާފުގައި ލަންކާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމަށް ވަނީ ޕެނަލްޓީ އެއްވެސް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. އަދި މިދެޓީމުގެ މެޗުގައި ކުޅޭ ދެވަނަ މެޗު ކުޅުމަަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 16:30 ގައެވެ.

2006 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕް ގުރޫޕް ސްޓޭޖުގައި 1-0 ގެ ނަތީޖާއަކުން ރާއްޖެ އަތުން މޮޅުވި ފަހުން ފާއިތުވެދިޔަ 19 އަހަރު ތެރޭގައި ރާއްޖެ އަތުން ލަންކާއަށް މޮޅެއް ހޯދިފައެއްނުވެއެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން ފާއިތުވެދިޔަ 20 އަހަރު ތެރޭގައި މިދެޓީމު 10 ފަހަރު ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މެޗުން ރާއްޖެ މޮޅުވެފައިވާއިރު، ލަންކާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އަނެއް ތިން މެޗު ނިމިފައިވަނީ ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މީގެ އިތުރުން އެ 10 މެޗުގައި ރާއްޖެއިން 32 ލަނޑު ކާމިޔާބުކުރިއިރު، ލަންކާއަށް ކާމިޔާބުޖުރެވިފައިވަނީ އެންމެ ހަތް ލަނޑެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި 2021 ވަނަ އަހަރު ރާއްޖެއާއި ވާދަކޮށް 4-4 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރު ލަނޑު ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...