N/A
N/A
ހަބަރު 20 Dec 2018 | 08:45

ކަޅުވަކަރު މިސްކިތް ބަހައްޓަން އެންމެ ރަނގަޅީ ހުޅުމާލޭގައި - ޢާންމުންގެ ހިޔާލް

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ކަޅުވަކަރު މިސްކިތް ހުޅުމާލެ ފަދަ ބިން ތަނަވަސް ތަނަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅުގޮތްކަމަށް ރޭ ބޭއްވުނު ޢާންމުގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ޢަންމުން ޚިޔާލު ހުށަހަޅައިފިއެވެ.

މި ފޯރަމް އިންތިޒާމްކޮށްފައިވަނީ މިސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީއެއް ކަމުގައިވާ މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމާއި ގުޅޭ ގޮތުން ޢާންމުންގެ ހިޔާލު ހޯދުމުގެ ފޯރަމް ބާއްވާފައިވަނީ ކުރިން ކަޅުވަކަރު މިސްކިތް ހުރި އަދި އެންމެ ދުވަސް ވީ ޕާކު ކަމުގައިވާ ސަލްޓަންޕާކު، މިހާރުގެ ރަސްރަނި ބަގީޗާގައެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ހުޅުމާލެ ރަނގަޅުކަމަށް ޢަންމުން ހުށަހަޅާފައިވާ އިރު ރައީސް ޔާމީންގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު މިސްކިތް ފުރަތަމަ ބަހައްޓަން ނިންމާފައިވީވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައިކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ފަހުން ގދ. ތިނަދޫއަށް ކަޅުވަކަރު މިސްކިތް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ފޯރަމްގައި ބައިވެރިވި ބައެއް ޢާންމުން ވަނީ މިސްކިތް ކުރިންވެސް ހުރިތަން ކަމުގައިގަވާ ސަލްޓަން ޕާކުގައި މިސްކިތް ބެހެއްޓުމަށެވެ.

ޔުމްނާ އިތުރަށް ވިދާޅުވިގޮތުގައި ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ ޤައުމީ ތަރިކަ ކަމަށްވާއިރު، ކަޅުވަކަރު މިސްކިތް ބަހައްޓާނީ ގިނަ ދުވަހު ރައްކާތެރި ކޮށް ބެލެހެއްޓޭ އަދި ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.

ކަޅުވަކަރު މިސްކިތް ބިނާކޮށްފައިވަނީ މީލާދީ ގޮތުން 1789 އަހަރުއެވެ. އެފަހުން ތިން ފަހަރެއްގެ މަތިން އެމިސްކިތް ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ. އެންމެ ފަހުން އެމިސްކިތް ބަހައްޓާފައިވަނީ ސަލްޓަން ޕާރކުގައެވެ. ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރަސްރަނި ބަގީޗާ ތަރައްޤީކުރުމަށް، 8 މެއި 2016 ގައި އެމިސްކިތް އެތަނުން ނަގައި ރޫޅާލާފައެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގެ އިސް ބޭފުޅުންގެ އިތުރުން މާލެ ސިޓީ ކައުންސިލް މޭޔާ، ތާރީހީ އަދި އަދަބީ ކަންކަންމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާއި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...