ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ ފިހާރައަކުން އައިނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، މި މީހާއަކީ މާފަންނު ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދިފައެއް ނުވެއެވެ.
ފުލުހުން ވަނީ އެ މީހާ ފިހާރައިގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކުގައި ކުށްވެރިން ހޯދުމަށް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް