ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފި
އުމުރުން ހަ އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަަށައިފިއެވެ.
ފުލުހުން ބުނީ މިމަހުގެ ނުވަވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި އުމުރުން ހަ އަހަރުގެ އަންހެންކުއްޖަކާއި މެދު 27އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް