N/A
N/A
ހަބަރު 10 Feb 2020 | 14:09

ބިކިނީގައި އުޅެނިކޮށް މާފުށިން ހައްޔަރުކުރި މީހާގެ ކިބައިން ނަޝީދު މައާފަށް އެދިވަޑައިގެންފި

ކ. މާފުށީގައި ބިކިނީލައިގެން ރަށު ތެރޭގައި އުޅެނިކޮށް، ހައްޔަރުކުރި އިނގިރޭސިވިލާތުގެ ފަތުރުވެރިޔާގެ ކިބައިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފިއެވެ.

މިމަހުގެ ހަވަނަ ދުވަހު މާލެ އަތޮޅު މާފުށީގައި މަސްތުގެ ހާލަތުގައި ހުރެގެން ރަށުތެރޭގައި ނިވާކަން ކުޑަ ގޮތަކަށް އުޅުނު އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވައި އުމުރުން 26 އަހަރުގެ ސިސީލިޔާ ހައްޔަރުކުރީ ނިވާ ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތް ދިނުމުންވެސް އެކަން ނުކުރުމުންނެވެ.

އޭނާ ހައްޔަރުކުރުމުން އެކަން ދުނިޔޭގެ ބައެއް މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައިވެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަކީ މުސްލިމު ގައުމެއް ކަމަށާއި ނިވާކަން ކުޑަކޮށް އުޅުމަކީ ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ ރާއްޖެ އަންނަ ފަތުރުވެރިން އެކަން ގަބޫލުކޮށް، ރާއްޖޭގެ ގާނޫނުތަކަށް ބޯލެނބުމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެއެވެ.

އަދި ސިސީލިޔާ ހައްޔަރުކުރުމުން އެކަމާ މެދު ރާއްޖޭގެ ބައެއް މީހުންގެ މެދުގައިވެސް ހިޔަލުތަފާތުވުންތައް އުފެދިފައިވެއެވެ. އެންމެ ފުރަތަމަވެސް އަންހެންމީހާ ހައްޔަރުކުރުމުން އެކަން ކުށްވެރިކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހަރާބުވެގެންދާނެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ސިސީލިޔާ އަށް އަލުން ރާއްޖެ އައިސް، މާފުށީގައި ޗުއްޓީ ހޭދަކުރުމަށް ޓޫރިޒަމް މިނިސްޓަރު ދައުވަތު ދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ސިސީލިޔާ ހައްޔަރުކުރުމުން އޭނާގެ ކިބައިން ނަޝީދު ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

އަދި ޕޮލިސް ކޮމިޝަނަރުވެސް ސިސީލިޔާގެ ކިބައިން މާފަށް އެދިވަޑައިގެންފައިވާކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަން ހިނގާ ދިޔަގޮތުގެ ތަފްސީލް ހޯމް މިނިސްޓަރުގެ ކިބައިން ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ނިވާކަންކުޑަ ހެދުން އަޅައިގެން އުޅުމަކީ ގާނޫނާއި ގަވައިދުގެ ތެރެއިން މަނާކަމެކެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީގައި އުޅޭ މައްސަލައިގައި އާންމުގެ ފަރާތުން ޝަކުވާތައް ހުށަހަޅާކަން ފާހަގަކުރައްވައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެކުރިން ވިދާޅުވެފައިވަނީ، ގެސްޓުން ބިކިނީގައި އާންމުންގެ ތެރޭގައި އުޅޭއިރު އެރަށްރަށުގައި ކުޑަކުދިންވެސް އުޅޭކަމަށާއި، ދިވެހިންގެ ސަގާފަތާއި އިސްލާމީ އާދަކާދައިގެ ތެރެއަށް އެފަދަ ކަންކަން ވަދެގެން ނުވާނެކަމަށެވެ.

އަދި ކަނޑައަޅާފައިވާ ގަވާއިދުތަކާއި ޚިލާފަށް އަމަލު ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

ނަމަވެސް މިފަހަރުވެސް ކުށްކުރެވިފައިމިވަނީ، ބިކިނީގައި އުޅުނު އަންހެންމީހާ ހައްޔަރުކުރި ފުލުހުންނެވެ. އިނގިރޭސިވިލާތުގެ މީހާ ހައްޔަރުކުރި މައްސަލަ މިހާރު ދަނީ ފުލުހުން ބަލަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.