ވަޒީފާގެ ފުރަތަމަ ދުވަހު މިނިސްޓަރ އައިޝަތު ފިޔަވައްޗަށް ވަަޑައިގެންފި
ޖެންޑާ މިިނިސްޓަރ އައިޝަތު މުހައްމަދު ދީދީ މަގާމާއި ހަވާާލުވެ ވަޑައިގެން ވަޒީފާއަށް ނިކުންނެވި ފުރަތަމަ ދުވަހު ހުޅުމާާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާއަށް ވަޑައިގެންފިއެވެ.
ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ފިޔަވަތިއަށް ޒިޔާރަތްކުރައްވައި، އެ މަރުކަޒުގެ މުވައްޒަފުންނާއި ކުދިންނާ ބައްދަލުކުރައްވައި، އެ ތަނުގެ ޙާލަތު އޮޅުންފިލުއްވިކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާާތާ ޝަރީފްގެ ދައުރުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ކުދިން ގެންގުޅެމުންދާ ގޮތާާއި މެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އެގޮތުން އެތަނުގައި ތިބި ކުދިން ފުރާޅު މައްޗަށާއި ފާރުގެ މައްޗަށް އަރައިގެން އުޅުނު މަންޒަރުތައް އާންމުވެގެން ދިޔައިރު، އެއީ މައްސަލައެއް ނޫންކަމަށް އޭރުގެ މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް