ބަލްޚް ޕްރޮވިންސްގައި ދިން ބޮމުގެ ހަމަލާއަށް ފަހު ފުލުހުން ހަރަކާތްތެރިވަނީ
ބަލްޚް ޕްރޮވިންސްގައި ދިން ބޮމުގެ ހަމަލާއަށް ފަހު ފުލުހުން ހަރަކާތްތެރިވަނީ
ދުނިޔެ 10 Mar 2023 | 04:14

އަފްޣާނިސްޠާނުގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު ޝަހީދުވެއްޖެ

އަފްޣާނިސްޠާނުގެ ބަލްޚް ޕްރޮވިންސްގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު ޝަހީދު ވެއްޖެއެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޠާލިބާނުންގެ ގަވަރުނަރެއް ވެސް ހިމެނެއެވެ.

"ބަލްޚް ޕްރޮވިންސްގެ ގަވަރުނަރު މުޙައްމަދް ދާވޫދު މުއްޒައްމިލް ހިމެނޭހެން ތިން މީހަކު މިއަދު ހެނދުނު ދިން މިހަމަލާގައި ޝަހީދުވެފައިވޭ" ފުލުންގެ ތަރުޖަމާނު އާސިފް ވަޒީރީ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ވަޒީރީ ބުނެފައިވަނީ ބޮން ގޮއްވާލައިފައިވަނީ ބަލްޚް ޕްރޮވިންސްގެ ވެރިކަންކުރާ ރަށް މަޒާރީ ޝަރީފްގައި ހުންނަ ގަވަރުނަރުގެ އޮފީހުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.

"މިއީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށް ބެލެވެނީ، ހަމަލާދިން މީހާ ގަވަރުނަރުގެ އޮފީހަށް ވަތް ގޮތުގެ އެއްވެސް މައުލޫމާތެއް އަދި އަހަރެމެންނަކަށް ލިބިފައެއް ނުވޭ" އާސިފް ވަޒީރީ ބުނެފައިވެއެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތަކުން އަދި ނަގައިފައެއް ނުވެއެވެ. ގަވަރުނަރު މުއްޒައްމިލްގެ މަރުގެ ފަހަތުގައި ވަނީ އަފްޣާނިސްޠާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްސް ކަމަށް ވަނީ ލަފާކޮށްފައެވެ.

މުއްޒައްމިލް އަކީ ފާޅުގައި އިސްލާމިކް ސްޓޭޓްސް އާއި ވަރަށް ބޮޑަށް ދެކޮޅު ފަރާތެއްކަން ވަނީ އެނގިފައެވެ. އަދި މި ހަމަލާ ދީފައިމިވަނީ އަފްޣާނިސްޠާނުގެ ކާބުލްގައި ސަރުކާރުގެ އިސްވެރިންނާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމަކުން އެނބުރި އައިފަހުންނެވެ. މި ބައްދަލު ކުރުން ތަކުގައި އިސްލާމިކް ސްޓޭޓްސްގެ މައްސަލައާއި މެދު މަޝްވަރާ ކުރެވުނު ކަމަށް މީޑިއާ ތަކުގައ ބުނެފައިވެއެވެ.

"މުއްޒައްމިލް ޝަހީދުވެފައިވަނީ އިސްލާމްދީނުގެ ދުޝްމިނުންގެ ބޮމުގެ ހަމަލާއަކުން" ޠާލިބާނުންގެ ތަރުޖަމާނު ޒަބީހުއްﷲ މުޖާހިދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

ޠާލިބާނުން ވެރިކަމަށް އައި ފަހުން އަފްޣާނިސްޠާނުގައި  ލޭއޮހުރުވުންތައް މަދުވި ނަމަވެސް އިސްލާމިކް ސްޓޭޓަސްގެ ހަނގުރާމަވެރިންގެ އުނދަގޫތަކާއި ދޭތެރެއަކުން ޠާލިބާނުން ކުރިމަތިލާން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.