އިރާންގެ އަންހެނުން ތަކެއް
އިރާންގެ އަންހެނުން ތަކެއް
ދުނިޔެ 10 Apr 2023 | 06:14

އިރާންގެ ސަރުކާރުން ބުރުގާ ނާޅާ އަންހެނުން ހޯދުމަށް ކެމެރާ ބަހައްޓަނީ

އިރާން ސަރުކާރުން އެޤައުމުގައި ބުރުގާ ނާޅައި އުޅޭ އަންހެނުން ދެނެގަތުމަށް ކެމެރާ ހަރުކުރުމަށް ނިންމައިފިއެވެ.

އިރާން ފުލުހުން ބުނެފައިވަނީ ކެމެރާހްރުކޮށްގެ ބަލަމުންދާއިރު ބުރުގާ ނާޅާ އަންހެނަކު ފާހަގަ ވެއްޖެނަމަ އެމީހަކަށް ހަނދާން ކޮށް ދިނުމާއި އެކު އިންޒާރުގެ މެސެޖެއް ފޮނުވޭނެކަމަށެވެ.

އިރާންގެ ސަރުކާރުން ބުނެފައިވަނީ މިކަމަކީ ނިވައިވެގެން އުޅުމަށް އަންގައިފައި ވާ ޤާނޫނަށް ޢަމަލުކުރުން އިތުރުކޮށް އެކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިޔުމަށް ކުރެވޭކަމެއް ކަމަށެވެ. އަދި މިފަދަ ޤާނޫނު ތަކަށް އަމަލު ނުކުރުމަކީ އިރާންގެ ރޫހާނީ މަންޒަރު ގެއްލި، އެއްބައެއްގެ މައްޗަށް އޮތް އަމާންކަން ގެއްލިނެތިދާނެ ކަމެއް ކަމަށެވެ.

އިރާން ފުލުހުން ބުނެފައިވަނީ ބުރުގާ އެޅުމާއި ބެހޭ ޤާނޫނު ތަންފީޒު ކުރުމުގައި ވަކި މީހަކަށް ވަކި ބަޔަކަށް ބެލުމެއް ނޯންނާނެ ކަމަށެވެ. ޤާނޫނަށް އަމަލު ނުކުރާނަމަ ފިޔަވަޅު އެޅުމުގައިވެސް ވަކި މީހެއް ތަފާތު ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިރާން ސަރުކާރުގެ މިފަދަ އިޢްލާނެއް ނެރެފައިމިވަނީ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކެެއްގެ ސަބަބުން ބުރުގާ އެޅުން މަޖުބޫރު ކޮށް އޮތް އޮތުމަށް ލުއި ދިނުމަށް އިރާންގެ ސަރުކާރުން ނިންމި ނިންމުމާއި މެދު އެ ޤައުމުގެ އިސް ދީނީ ޢިލްމުވެރިން ނުރުހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިފަހަކަށް އައިސް ބުރުގާ އެޅުމާއި ދެކޮޅުހަދައި، ބުރުގާ އެޅުން މަޖުބޫރު ކޮށްފައި ވާތީ އިރާނުގައި އެތައް އަންހެނަކު ވަނީ މުޒާހަރާކޮށްފައެވެ. އަދި އެތައް ބަޔަކު، މިކަމަށް ތާއީދު ކުރުމުގެ ގޮތުން އެމީހުންގެ ބުރުގާތައް އަަންދާލައިވެސް ހެދިއެވެ.

އިރާންގެ ސަރުކާރުން އަންނަނީ އިސްލާމްދީނުގެ އަސްލުތަކާއި އެއްގޮތަށް ޤައުމު ހިންގުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ހުޅަނގުން ދަނީ މިކަން ނާކާމިޔާބު ކުރުމަށް އިރާނުގެ ރައްޔިތުންނަށް މިކަން ކަމާއި ދެކޮޅު ހެދުމަށް ގޮވައިލަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.