ރަސްގެތީމު މީހަކު ދިއްލޭ މަހެއް ބާނައިފި
ރ ރަސްގެތީމު މީހަކު ދިއްލޭ މަހެެއް ބާނައިފިއެވެ.
މިމަސް ބާނައިފައިވަނީ އެ ރަށުގެ އިރުމަތީފަރާތު ކަނޑުތޮށި ބޭރުން ރޭގެ ވަގުތެއްގައެވެ.
ދިއްލޭ މަހަކީ ޢާންމު ގޮތެއްގައި ބޭނޭ އެއްޗެއް ނޫނެވެ. މިމަހަށް އިނގިރޭސި ބަހުން ކިޔައި އުޅެނީ ފްލެޝް ލައިޓް ފިޝް ނުވަތަ ލެންޓާން އައި ފިޝް އެވެ.
މިމަސް ޢާންމުކޮށް ދިރި އުޅެނީ ކަނޑުގެ އަޑީގައެވެ. ރޭގަނޑު ގެ ވަގުތު ތަކުގައި ކެއުމަށް މުރަކަ ހުންނަ ފަރުތައް ކައިރީ ތިލަ ހިސާބު ތަކަށް އަރާ ކަމަށް ވެއެވެ. ނަމަވެސް އެހެން ވަގުތު ތަކުގައި މަސް އުޅެނީ ކަނޑުގެ އަޑީގައެވެ. މިމަސް ހިފޭލެއް މަދުވަނީ އެހެންވެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން މީގެ މަސް ފެނިފައިވެއެވެ. ޢާންމު ކޮށް މީގެ މަސް ބޮޑުވަނީ 14 ސެންޓިމީޓަރަށެވެ.
މިއީ ޢާންމުކޮށް ހިފޭ މަހަކަށް ނުވުމުން މި މަހާއި ގުޅޭ މާގިނަ މައުލޫމާތެއް ކަމާއި ބެހޭ ޢިލްމުވެރިންނަކަށްވެސް އެއްކުރެވިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް