ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގެންފި
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު އެމެރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ.
އެގޮތުން ސްޕްރީމް ކޯޓްއިން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަހު 11 އިން 17 އަށް ކުރެއްވުމަށް ހަމަ ޖެހިފައިވާ މިި ދަތުރުފުޅު އިންތިޒާމް ކުރައްވާފައިވަނީ ޔޫއެސް ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ކަމަށެވެ.
އަދި މި ދަތުރުފުޅުގައި އެމެރިކާގެ ކޯޓުތަކަށާއި، ލޯ ސްކޫލުތަކަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ހައިކޯޓާއި، ސްޕީރިއާ ކޯޓު އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް