ރަސްމީ ދަތުރެއްގައި މިނސްޓަރ ޝާހިދު އިންޑިއާއަށް!
ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރައިވަޑައިގަތުމަށް ހަމަ ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދު ހާމަކުރައްވާފިއެވެ.
އެގޮތުން މިކަން ހާމަ ކުރައްވާ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ މަތީފެންވަރުގެ ބައްދަލުވުންތަކުގެ ސަޤާފަތުގެ ދަށުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އަދި މި ދަތުރު ކުރައްވާނީ އެގައުމުގެ ނިއު ދިއްލީއަށް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވަނީ ފާއިތުވެ ދިޔަ މަސްތަކުގެ ތެރޭގައި އެކިއެކި ގައުމުތަކަށް ދަތުރުކުރައްވާފައެވެ.
އެގޮތުން އެމެރިކާއަށާއި ޖަޕާނަށާއި ސްވިޑެންއަށް ވެސް ޝާހިދު ވަޑައިގެންނެވިއެވެ. ޝާހިދު ބޮޑަށް ފާހަގަ ކުރެވެނީވެސް ބޮޑަށް ބޭރު ގައުމު ތަކުގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް