މޫދުގައި އަންހެނަކު ނިޔާވެފައިއޮއްވައި ފެނިއްޖެ
އައްޑޫ ސިޓީ އިން ޢުމުރުން ދުވަސްވީ އަންހެނަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވައި ފެނުނު މި އަންހެން މީހާ ފެނިފައިވަނީ އައްޑޫ ސިޓީގެ ހުޅުދޫ ކައިރިން މޫދުންނެވެ.
އެމީހާގެ ހަށިގަނޑު މިހާރު އޮތީ އައްޑޫ ހިތަދޫ ސިއްޙީ މަރުކަޒުގައި ބާއްވާފައެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހުޅުދޫގައި މިއަދު މޫދަށްދިޔަ މީހަކު ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް 11:48 އެހާއިރު މޫދުން އެމީހާ ވަނީ ފެނިފައިކަމަށެވެ.
ރަށުގެ ސިއްޚީ މަރުކަޒަށް އެމީހާ ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް ސިއްޚީ މަރުކަޒުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މިހާދިސާގައި ނިޔަވެފައި އޮއްވައި ފެނިފައިވަނީ 78 އަހަރުގެ އަންހެންނެއް ކަމަަށްވެސް ފުލުހުން ބުނެއެވެ.
މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް