ނައިޖަރގެ ޢަސްކަރީ ވެރިން
ނައިޖަރގެ ޢަސްކަރީ ވެރިން
ދުނިޔެ 10 Aug 2023 | 03:58

ނައިޖަރގެ ހަމަނުޖެހުމުގެ ތެރެއިން ވެގްނާ ގްރޫޕްގެ އެހީއަށް އެދެފި

ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ނައިޖަރ ގައި އުފެދިފައި އޮތް މިލިޓަރީ ސަރުކާރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ވެގްނަރ ގްރޫޕުގެ އެހީއަށް އެދެފިއެވެ.

ރަޝިޔާ-ޔޫކްރޭނާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ބައިވެރިވި ވެގްނާ ގްރޫޕްގެ އެހީތެރިކަމަށް ނައިޖަރ އިން އެދުނީ ވެރިކަމުން ބޭލި މުޙައްމަދު ބަޒޫމް އަލުން ވެރިކަމަށް ގެނައުމަށް ނައިޖީރިއާއިން ދިން މުހުލަތުގެ ކުރިންނެވެ.

ޖުލައި މަހުގެ 26 ވަނަ ދުވަހު ނައިޖަރގެ ވެރިއަކަށްހުރި މުޙައްމަދު ބަޒޫމް ގެ ވެރިކަމާއި ދެކޮޅަށް ބަޣާވާތެއް ކޮށް ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމާއި ހަވާލުވީ ނައިޖަރގެ މިލިޓަރީ ގްރޫޕްގެ ލީޑަރ  ޢަބްދުއްރަޙްމާން ޝައުނީއެވެ.

ބަޒޫމް ވެރިކަމުން ބާލައިފައިވާއިރު އޭނާއަކީ ޔޫރަޕްގެ އިސްތިޢުމާރީ ބާރެއް ކަމަށްވާ ފަރަންސޭސި ވިލާތާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް ކަމަށް ނައިޖަރގެ ޢާންމުންވެސް ވަނީ ތުހުމަތު ކޮށްފައެވެ. ހިމޭން ބަޣާވާތަކަށް ފަހު ބަޒޫމް ގެ ވެރިކަން ނިމުމަކަށް އައިރު އެޤައުމުގެ ގިނަ ރައްޔިތުން ތިބީ ބަޒޫމް އާއި ދެކޮޅަށް ކަމަށް ދައްކާކަމަށް ނައިޖަރ ގެ މަސްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ބަޒޫމްއާއި އެއްކޮޅު ބަޔަކުވެސް އެޤައުމުގައި ނެތޭ ބުނެވޭކަށް ނެތެވެ.

ޝައުނީ ވެރިކަމަށް އައުމަށްފަހު ނައިޖަރ އާއި ސިޔާސީ އަދި އިޤްތިޞާދީ ގުޅުމެއް އޮންނަ ފަރަންސޭސީ ވިލާތާއި އެކު އެކުލަވައިލައިފައިވާ އެއްބަސްވުންތައް ވަނީ ބާޠިލް ކޮށްފައެވެ. ނަމަވެސް ފަރަންސޭސި ވިލާތުން ބުނެފައިވަނީ އެއެއްބަސްވުންތައް ބާޠިލް ނުކުރާނެ ކަމަށެވެ.

ޖޯގްރަފީގޮތުން ނައިޖާ އުފެދިފައި އޮންނަނީ ގިނަ ޤައުމުތަކެއްގެ މެދުގައެވެ. މިސަބަބާއި ހުރެ އޮންނަ އެޤައުމަށް ބާރުފޯރުވުމަށް ފަރަންސޭސި ވިލާތައް  ވަނީ ނުކުޅެދިފައެވެ.

ނައިޖާއާއި އެއްބޯޑަރު ހިއްސާ ކުރާ  މާލީ އަދި ބުރްކިނާ ފާސޯ އާއި ފަރަންސޭސި ވިލާތާއި ދެމެދު އޮތް ހަމަނުޖެހުމުގެ ސަބަބުން އެ ބޯޑަރުގެ ބޭނުން ކޮށްގެން ނައިޖަރއަށް އެރުމުގެ ފުރުސަތެއް ނެތެވެ. އަދި އެދެޤައުމުން ބުނެފައިވަނީ ނައިޖަރ އަށް ހަމަލާދޭނަމަ ދިފާޢުގައި ތެދުވާނެ ކަމަށެވެ.

އެހެންކަމުން ނައިޖާއަށް ބާރުފޯރުވުމަށް ފަހިވެފައި އޮތް މަގަކީ ނައިޖީރިއާ މެދުވެރިކޮށް އެކަން ކުރުމެވެ. ނައިޖީރިއާ މެދުވެރިކޮށް އެކަން ކުރުމަށް ދަ އިކޮނޮމިކް ކޮމިޔުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވަސް) ގައި ހިމެނޭ 15 މެމްބަރު ޤައުމުން ވަނީ މަޝްވަރާ ކޮށްފައެވެ.

އިކޯވަސް ގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ބުރުކީނާ ފޯސާއައި ގިނީ އަދި މާލީންވަނީ ނައިޖީރިއާގެ މިމަޝްވަރާ ތަކަށް ނޫނެކޭ ބުނެފައެވެ. އަދި އިކޯވަސްގެ މެމްބަރު ޤައުމެއް ކަމަށްވާ އަލްޖީރިޔާއިން ވެސް ވަނީ މިކަމަށް ތާއީދު ނުކުރުމަށް ނިންމައިފައެވެ.

ފަރަންސޭސި ވިލާތައް ވާގިވެރިވެ ނައިޖަރ އަށް އެރުމުގެ ކުރިން ނައިޖީރިއާއިން ނައިޖާއަށް ބަޒޫމް އަލުން ވެރިކަމަށް ގެނައުމަށް ދިން މުހުލަތު މި ހަފްތާގެ އާދީއްތަ ދުވަހަށް ހަމަވެފައިވާއިރު އަދި އެއް ނައިޖީރިއާ އިން ނައިޖަރ އަށް ހަމަލާއެއް ދީފައެއް ނުވެއެވެ.

މިސަބަބާއި ހުރެ ހުޅަނގު އެފްރިކާގެ މަސްރަޙު ދިރާސާ ކުރައްވާ މުރާސިލުން ވިދާޅުވަނީ އިކޯވަސްގައި ހިމެނޭ މެމްބަރު 15 ޤައުމުގެ މެދުގައި އެއްބަސްނުވެވޭ ކަންކަން އިސްތިއުމާރީ ބާރުތަކާއި ދެކޮޅަށް ހުރިކަމަށެވެ.

ނައިޖަރ ހިމެނޭ ސަރަހައްދުގެ ބައެއް ޤައުމުތަކުން ޤަބޫލު ކުރަނީ ފަރަންސޭސި ވިލާތުން ދަނީ އެޤަމުތަކުގެ ބިން ނަހަމަގޮތުގައި ހިފައި ނިރުބަވެރިންނަށް ވާގިވެރިވަމުން ކަމަށެވެ. އަދި ހަރުކަށި ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރާކަމަށްބުނެ ފަރަންސޭސިވިލާތުން ދަނީ އެޤައުމުތަކުގެ ބިމަށް ފައިގަދަ ކުރަމުންކަމަށްވެސް ވަނީ ބުނެފައެވެ.

ފަރަންސޭސި ވިލާތައް ނައިޖަރ ގެ ބިން އެހާމުހިންމު ވަނީ ނައިޖަރގެ ބިމުގައި އޮތް ޔުރޭނިއަމްގެ މުއްސަނދި ކަމުގެ ސަބަބުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުނެ ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.