ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ ރަސްމީކޮށް ހުޅުވައިފި
ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރ ހުޅުވައިދެއްވީ މިއަދު އޮތް ހާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.
މި ސެންޓަރު ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް ލުއިފަސޭހަކަމާއެކު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަރުދަނާ ކޮށްދިނުމެވެ. އަލަށް ހުޅުވި މި ސެންޓަރުގައި ދެ ކޮންސަލްޓޭޝަން ރޫމާއި، ފަރުވާ ދޭ ދެ ކޮޓަރީގެ އިތުރުން ކޮންފަރެންސް ރޫމެއް ހުރެ އެވެ.
އެތަނުގައި ދެ ސައިކޭޓްރިސްޓުނަނާއި، ދެ ކްލިނިކަލް ސައިކޮލޮޖިސްޓުންގެ އިތުރުން ކައުންސިލަރެއް އަދި ދެ އެޑްމިނިސްޓްރޭޓިވް ސްޓާފުން ހިދުމަތް މަސައްކަތް ކުރާނެ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރުން ހިދުމަތް ހޯއްދެއްވުމަށް 1417 މި ނަންބަރަށް ގުޅައިގެން ހިދުމަތް ހޯދޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް