ޒަކިއްޔާގެ ހަށިގަނޑު ވަޅުލައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކީ މަރުވެފައި އޮއްވާ ފެނުނު އެރަށު މާރަނގަގެ، ޒަކިއްޔާ މޫސާ މަނިކުގެ ހަށިގަނޑު ވަޅުލައިފިއެވެ.
ޒަކިއްޔާގެ ހަށިގަނޑު ވަޅުލާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހޮޅުދޫ ސަހަރާގައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް އަންގާރަ ދުވަހު މާލެ ގެނައުމަށްފަހުކުރަންޖެހޭ ތަހުލީލުތައް ނިންމައި އޭނާގެ ހަށިގަނޑު އަނބުރާ ހޮޅުދޫއަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް އެރަށުގައި ވަނީ ހަރަކާތެތެރި ވެފައެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން އެއީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ކަމަށް އަދި ފުލުހުން ނުނިންމައެވެ. އަދި އޭނާގެ މަރާއި މެދު ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް