ޕީއެންސީގެ ކުލައަކީ އިލެކްޝަންސްގެ ކުލައެއްނޫން - ހަބީބް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އިން ބޭނުންކުރުމަށް ނިންމާފައިވާ ކުލައަކީ އިލެކްޝަންސް ކޮމިޝަންގެ ކުލައެއްނޫންކަމަށް އެކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީ އިން ބޭނުންކުރުމަށް ނިންމާފައިވާ ކުލައަކީ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ބޭނުންކުރާ ކުލަ ކަމަށާއި އެ ކުލަ ސިޔާސީ ޕާޓީއެއްގެ ކުލައިގެ ގޮތުގައި ރަޖިސްޓްރީކޮށް ނުދެވޭނެކަމަށް އެ ކޮމިޝަނުން ބުނެފައިވާ ޚަބަރު ދޮގުކުރުމަށްފަހު ކުރެއްވި ޓުވީޓެއްގައިއެވެ.

ހަބީބް އިތުރަށް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވާގޮތުގައި އިލެކްޝަންސްގެ ކުލައިއަކީ ކޮބައިތޯ ނާހައި ހިޔާލީ ފޮލައިގެ މައްޗައް ޚަބަރު ނުގެނެސްދިނުމަށްވެސް ވަނީ އެދިފައެވެ.

ނަމަވެސް ޕާޓީ ކުލައަކީ ޓާކިޝް ބްލޫ ކަމަށް ނިހާން ޓުވީޓުކުރެއްވުމާއެކު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނުން ރަސްމީކޮށް ބޭނުން ކުރާ ކުލައެއް ނުވަތަ އެކުލައިގެ ޝޭޑެއް އެއްވެސް ސިޔާސީ ޕާޓީއެއްގެ ކުލައިގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

މިއާއެކު ނިހާން ވަނީ އިލެކްޝަންސްގެ ކުލައަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އޭގެ ޖަވާބު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަރުވާފައެއްނުވެއެވެ.
މިފަހުން އިލެކްޝަނުން ބޭނުންކުރާ ރަސްމީ ޓީޝާޓްގެ ކުލައަކީ ޓާކިޝް ބްލޫ ކަމުގައި ވިޔަސް އިލެކްޝަންސްގެ ލޯގޯގައި ހިމެނެނީ ފެހި ކުލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް