ހުޅުމާލެއިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް
ހުޅުމާލޭ ރެޑްބުލް ޕާކު ހިމެނޭ ސަރަޙައްދުގެ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭ ރެޑްބުލް ޕާކު ހިމެނޭ ސަރަޙައްދުގެ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މަޢުލޫމާތު އިއްޔެ ހަވީރު 17:38 ހާއިރު ލިބިފައިވާކަމަށެވެ.
އަދި އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް