އެތައް ސަތޭކަ ޕްރެޖެކްޓެއް ކުރިއަށް ދާއިރު ބައެއްކަންކަން ލަސްވޭ: މަހުލޫފް
އެއްފަހަރާ އެތައް ސަތޭކަ ޕްރެޖެކްޓެއް ކުރިއަށް ދާއިރު، ތަފާތު ސަބަބުތަކާ ހެދި ބައެއްކަންކަން ލަސްވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ، ރ. މީދޫ ފުޓްބޯޅަ ދަނޑު ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް ބުނެ ޕޯސްޓުކުރި ފޮޓޯއެއްގައެވެ. އެރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ނުދާތީ، އެރަށު ޒުވާނުން މީގެ ކުރިން ވަނީ ދަނޑުގައި މިރުސްގަސް އިންދާފައެވެ.
މީދޫގެ އިތުރުން، ނޮޅިވަރްއާއި ލ. މާމެންދޫގެ ދަނޑުވެސް މާ ލަސްތަކެއް ނުވެ ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީދޫ ޓާފް ދަނޑުގެ މަސައްކަތް ލަސްވާތީ، އެރަށު ޒުވާނުން ނުކުމެ ދަނޑުގައި މިރުސްގަން އިންދީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެކަމާ ގުޅިގެން އެރަށު ޒުވާނުން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. މީދޫ ޒުވާނުން ބުނެފައިވާ ގޮތުގައި، ދަނޑުގައި މިރުސްގަސް އިންދީ، ދަނޑުގެ މަސައްކަތް ލަސްވާތީ، ސަރުކާރުގެ ސަމާލުކަމަށް ގެންނާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް