ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީފައިވާ މައްސަލައެއް ރޭ ދަނވަރު 1:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް ގޮސް އަނިޔާ ލިބުނު 26 އަހަރުގެ ދިވެހި ފިރިހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް