ފޭކު ސްލިޕް ބޭނުން ކޮށްގެން 10 ކޭސް މަސްދަޅު ހޯދި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި
ފޭކު ސްލިޕް ބޭނުން ކޮށްގެން 10 ކޭސް މަސްދަޅު ހޯދި މީހަކު ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ، އއ. މަތިވެރި، ހަނދުވަރީވިލާ، ޖަމީލް އެއް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
އިއްޔެ އޭނާގެ މައްޗަށް ކުރި މި ހުކުމަކީ، 2021 ވަނަ އަހަރު އެންޒީ ފިހާރައަށް ފޭކު ސްލިޕް ފޮނުވައިގެން، ދެ ފަހަރަށް މަސްދަޅު ކޭސްތަކެއް ހޯދި މައްސަލައިގައި ކޮށްފައިވާ ހުކުމެކެވެ.
އޭނާ ކުށަށް އިއުތިރާފު ވެފައެއް ނުވެއެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ހެކިން ހެކިބަސް ދީފައި ވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވީއެވެ.
އެއް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ، މީގެ ކުރިންވެސް އޭނާގެ މައްޗަށް އެހެން ކުށެއް ސާބިތުވެފައި ވާތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް