އާރުސީސީގެ ވޭނަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފި
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ރަޝީދް ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)ގެ ވޭނަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގަނެފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގައި މިއަދު ދުއްވާފައި ދިޔަ ވޭން އަކާއިމެދު ތުހުމަތު ކުރެވިގެން އެ ވޭން ބަލައި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅި ތަކަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ.
އަދި މިއްސަލައާއި ގުޅިގެން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާ، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހުޅުމާލެއިން ފުލުހުން ބަނގުރާ ފުޅިތައް އަތުލައިގަތް މި ވޭން އަކީ މެންބަރު ނާޒިމްގެ އާރްސީސީގެ ވޭން އެއް ކަމަށާ، އެ ވޭން ދުއްވަން އިނީ އެ ކުންފުނީގެ މުވައްޒަފެއްކަން އާރްސީސީގެ ސްޓާފަކު ވަނީ "ވޮއިސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް