ބިންހެލުމުގައި ބޯހިޔާ ވަހިކަން ގެއްލިފައިވާ އާއިލާއެއް
ބިންހެލުމުގައި ބޯހިޔާ ވަހިކަން ގެއްލިފައިވާ އާއިލާއެއް
ދުނިޔެ 11 Feb 2023 | 07:39

ތުރްކިޔޭ ސީރިޔާ ބިންހެލުން: މަރުވި މީހުންގެ ޢަދަދު 24000 އަށް އަރައިފި

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކަށް 6 ދުވަސް ވެފައި ވާއިރު މަރުވި މީހުންގެ ޢަދަދު 24000 އަށް އަރައިފިއެވެ.

ތުރްކިޔޭ އިން މިހާތަނަށް 20665 މީހުން މަރުވެފައިވާއިރު ސީރިޔާއިން 3500 މީހުން ވަނީ މަރުވެފައެވެ. ޔޫއެން އިން ބުނެފައިވަނީ 5.3 މިލިއަން މީހުން ބިންހެލުމާއި ގުޅިގެން ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާކަމަށެވެ. އަދި 9 މިލިއަން މީހުން ތުރްކިޔޭ އަދި ސީރިޔާގައި ކާބޯތަކެއްޗަށް ބޭނުންޖެހިފައިވާ ކަމަށެވެ.

ސީރިޔާގެ ސަރުކާރުން މިހާރު ވަނީ ބިންހެލުމުގެ ސަބަބުން އެހީއަށް ބޭނުންވެފައި އޮތް ސަރަހައްދުތަކަށް އެއިޑް ގްރޫޕު ތަކަށް ވަނުމަށް ހުއްދަ ދީފައިކަމަށް އެޤައުމުގެ މީޑިއާއިން ވަނީ ބުނެފައެވެ. ތުރުކިޔޭ އިން ބުނެފައިވަނީ ސީރިޔާގައި ބިންހެލުމުގެ ސަބަބުން ހަލާކުވެފައިވާ ސަރަހއްދުތަކަށް ތުރުކީ މަގުން ވަދެވޭނެ އިތުރު ދެ މަދެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑޮނޭޝިޔާގެ ރެސްކިޔު ވޯކާސްގެ ޓީމެއް މިހާރު ވަނީ މީހުން ތުރުކީގައި މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާ ޓީމުތަކާއި ގުޅުމަށް ފުރައިފައެވެ. ދެ މިލިޓަރީ އެއަރކްރާފްޓުގައި 50 އަށް ވުރެ ސްޓާފުންނާއި 24 ޓަނުގެ އެހީގެ ސާމާނު ހިފައިގެން ޖަކާޓާގައި ހުންނަ އެއަރފޯސްގެ ބޭސް އިން އެޓީމު ވަނީ މިހާރު ދަތުރުފަށައިފައެވެ.

މިޓީމުން އެންމެ ފުރަތަމަ ތުރްކިޔޭގެ ހަޓޭ އޭރިޔާގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރާނެ، އަނިޔާވެފައިތިބި މީހުނަށް އަވަސްފަރުވާ ދިނުމަށްވެސް މަސައްކަތް ކުރާނެ ކަމަށް އިންޑޯނޭޝިޔާގެ ޑިޒާސްޓަރ މެނޭޖްމަންޓުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކިޔުބާއިންވެސް ވަނީ ތުރްކިޔޭ އާއި ސީރިޔާގައި ބިންހެލުމުގެ އަސަރުކޮށް އެހީތެރިކަމަށް ބޭނުންވެފައިވާ މީހުނަށް އެހީވުމަށް ހެލްތް ކެއަރ އޮފިޝަލުން ފޮނުވައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.