އެލައިޑް އިންޝިއުރެންސްގެ މޮޓޯ ކެމްޕޭނު ފެށިގެން ކުރިއަށް!
އެލައިޑް އިންޝިއުރަންސްގެ މޮޓޯ ކެމްޕޭނު ވަރަށް ފޯރިއާއެކު ކުރިއަށް ދާކަމަށް އެލައިޑުން ބުނެފި އެވެ.
ފެބުރުއަރީ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ދާ މި ކެމްޕޭނުގައި ބައިވެރިވެވަޑައިގެން މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީއެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 140 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ލިބޭނެކަމަށް އެލައިޑުން ވަނީ ބުނެފަ އެވެ.
އެލައިޑުން 3 ވައްތަރެއްގެ ވެހިކަލް އިންޝިއުރެންސް ދަނީ ފޯރުކޮށްދެމުން ނެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ތާޑް ޕާޓީ މޮޓޯ ލައިބިލިޓީ އިންޝިއުރެންސް
2- ކޮމްޕްރޮހެންސިވް މޮޓޯ އިންޝިއުރެންސް އެކްސްކްލޫޑިން ތެފްޓް
3- ކޮމްޕްރޮހެންސިވް މޮޓޯ އިންޝިއުރެންސް އިންކްލޫޑިން ތެފްޓް

އެލައިޑް އަދި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީއިން ނަގާ ޕްލޭންތަކާއި އެކު ވެސް ހެލްމެޓް ލިބިލައްވާނެކަން ފާހަގަކުރަމުން، އެލައިޑުން ބުނީ ޕޮލިސީ އަލަށް ނަންގަވާ އަދި އާ ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ފުލުހުން އިލްތިމާސް ކުރައްވާފައިވާ މިންގަނޑުތަކަށް ފެތޭ ހެލްމެޓެއް ލިބިލައްވާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް