ރައީސް ޞާލިހު އާއި އަލީ ވަހީދު
ރައީސް ޞާލިހު އާއި އަލީ ވަހީދު
ހަބަރު 11 Jul 2023 | 09:55

ރައީސް ޞާލިހު 35 މިލިއަން ނަގާކަށް ނުޖެހޭނެ، އެއަށްވުރެ މާ ލިބޭ ބޭފުޅެއް އެއީ: އަލީ ވަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހޭ ވަރަށްވުރެ މާ ތަނަވަސް ބޭފުޅެއް ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމަށްފަހު، އެ ދައުވާ އަނބުރާ ގެންދިޔުމުން މިއަދު އަލީ ވަހީދު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

އެއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ނޫސްވެރިއަކު ވަނީ، އޭނާ ކުރިން ރާއްޖެއިން ބޭރުގައި ހުރެގެން ރައީސް ޞާލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެގި ކަމަށް ކުރި ތުހުމަތު ތަކާއި ގުޅިގެން ސުވާލު ކޮށްފައެވެ.

އެ ސުވާލުގެ ޖަވާބު ދެމުން އޭނާ ވަނީ، އޭރު އޭނާ ކުރި ތުހުމަތު ތަކަކީ ހަމައެކަނި "ސްމޯކް ސްކްރީން" އެއް ކަމަށް ބުނެފައެވެ. އަދި އެފަދައިން ބުނެފައިވަނީ އޭނާއަށް ކުރެވުނު ދައުވާ ތައް ކުރުމުގެ އަޑީގައި ތިބި ބައެއް ހޯދުމަށް ކަމަށާ، އެހެން އެކަން ކުރުމުން އެ ދައުވާ ތަކުގެ އަޑީގައި ތިބި މީހުން ސާފުވެގެން ގޮސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އަޅުގަނޑު އެ ދުވަހު އެ ނޫސް ކޮންފަރެންސް ބޭނުން ކުރީ ސްމޯކް ސްކްރީން އަކަށް. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަޅުގަނޑު އެ ލަފްޒު އަމާޒު ކޮށްލީ ސްމޯކް ސްކްރީން އަކަށް. ސަބަބަކީ އަޅުގަނޑުމެން އެންމެންވެސް އެމްޑީޕީގައި އުޅެފިން. އެމްޑީޕީ އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ. އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަން ކަންވެސް ކުރިން. ރައީސް ޞާލިހު އެއީ އެމްޑީޕީގެ ޕީޖީ ލީޑަރު. ރައީސް ނަޝީދަކީ ޕާޓީގެ ރައީސް. މިހަމަލާ އައީ އެތެރެއިންނޭ. އަޅުގަނޑު އެ ދުވަހުގެ ފަހުން، ޔަގީން ކަށަވަރުވާވަރަށް ޔަގީން ކުރެވުނު ހަމަލާ އައީ ކޮން ދިމާލަކުން ކަން.

އަލީ ވަހީދު

މިއާއެކު ނޫސްވެރިއެއް ވަނީ ރައީސް ޞާލިހަށް ކުރި ތުހުމަތު ތަކަކީ ތެދު ތޯ އޭނާ އާއި ސުވާލު ކޮށްފައެވެ.

"ނޫން ނޫން ނޫން. މިދެންނެވީ އެއްނު ސްމޯކް ސްކްރީން އެކޭ. އަޅުގަނޑު ފަހަތުގައި ވިއްދާފައި ހުރީ ކޮން ހިޔަމައެއްތޯ ޔަގީން ކުރަން. ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައިވެސް އޮވޭ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 35 މިލިއަން ނަގާކަށް ނުޖެހޭނެ. އެއަށްވުރެ މާ ލިބޭ ބޭފުޅެއް އެއީ."

އަލީ ވަހީދު

ރައީސް ޞާލިހު އެމްއެމްޕީއާރުސީގެ ފައިސާ ގައި ޖެހުނުކަމަށް ބުނި ވާހަކަ އަލީ ވަހީދު މިހާރު ދޮގު ކުރި ނަމަވެސް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން 35 މިލިއަން ރުފިޔާ އަދީބުގެ އަތުން ރައީސް ޞާލިހު ނެންގެވިކަމަށް އަލީ ވަހީދު ވަނީ ކުރިން ބުނެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.