ފޮޓޯ: މޯލްޑައިވާސް
ފޮޓޯ: މޯލްޑައިވާސް
ވިޔަފާރި 11 Jul 2023 | 11:00

މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް މޯލްޑައިވާސް ޑައިވިން ސެންޓަރުން ތައާރަފްކޮށްފި

މާލެ އަތޮޅު ދިއްފުށީގައި ހުންނަ މޯލްޑައިވާސް ޑައިވިން ސެންޓަރުން ދިވެހި މަސްވެރިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮފެޝަނަލް ޑައިވިން ޕްރޮގްރާމްތަކެއް ފަށަން ނިންމައިފި އެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑައިވާސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިކަން ތައާރަފް ކުރަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޯރުކޮށްދޭ ދީލަތި އެހީގެ ތެރެއިން ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި ބައިވެރިވުމަށް މޯލްޑައިވާސްގެ ނަމްބަރު 7777532 ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރެއްވުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

މޯލްޑައިވާސް އަކީ، މަތީ ފެންވަރުގެ ސްކޫބާ ޑައިވިން ތައުލީމާއި ސެޓިފިކޭޝަނަށް މަޝްހޫރުވެފައިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާއެއް ކަމަށްވާ ސްކޫބާ ސްކޫލްސް އިންޓަނޭޝަނަލް (އެސްއެސްއައި) އާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ޒަމާނީ ޓީޗިން ޓެކްނިކްސް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އިސްކަންދޭ ސެންޓަރެކެވެ.

މޯލްޑައިވާސްއިން މިހާރު ރާއްޖޭގެ މަސްވެރިންނަށް އޯޕަން ވޯޓާ ޑައިވަރ، އެޑްވާންސް، ފަސްޓް އެއިޑް، ރެސްކިއު އަދި ޑީޕް ޑައިވަރު ކޯސްތައް ހިމެނޭ ގޮތަށް އެސްއެސްއައި ޑައިވް ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

މި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިންގެ ކުރިން ސްކޫބާ ޑައިވިން ސެޓްފިކެޓާއި ތަޖުރިބާއަށް ރިއާޔަތްކުރާ ކަމަށް އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

24 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ލޯކަލް ޑައިވަރުން ކާމިޔާބުކަމާއެކު ތަމްރީނުކުރުމުގެ ރެކޯޑެއް އޮތް މޯލްޑައިވާސްއިން މުޖުތަމަޢުގެ ތެރޭގައި ވަރަށް ބޮޑަށް ގުޅި އަދި ތަމްރީނުގެ ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް އެސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި
22 Oct 2026 ހަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ކ. އަތޮޅު ރައީސްކަމާއި މަރޮށި އަދި ފަރެސްމާތޮޑާ ކައުންސިލް ގޮނޑި ޕީއެންސީއަށް!
15 Jan 2024 ހަބަރު

ކ. އަތޮޅު ރައީސްކަމާއި މަރޮށި އަދި ފަރެސްމާތޮޑާ ކައުންސިލް ގޮނޑި ޕީއެންސީއަށް!

ކ އަތޮޅު ކ އަތޮޅު ކައުންސިލްގެ ރައީސް ކަމާއި، ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ކަށަވަރުވެއްޖެއެވެ. މި ތިން ބައި-އިލެކްޝަން ބޭއ...

އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނަން، އަމާޒަކީ އެއްލައްކަ ވޯޓުން ފެށުން: ރައީސް ޞާލިހު
13 Jul 2023 ހަބަރު

އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނަން، އަމާޒަކީ އެއްލައްކަ ވޯޓުން ފެށުން: ރައީސް ޞާލިހު

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އިންތިޚާބުގައި ވޯޓުލާން ފައްޓަވާނީ ވެސް އެއްލައްކަ ވޯޓާއި އެކުގައިކަމަށް ރައީސުލްޖުމްހޫރި...

މީ ތާރީހުގައި ވެސް ހެދުނު މެމްބަރުން އެންމެ ގިނަ ކޯލިޝަން: ރައީސް ޞާލިހު
13 Jul 2023 ހަބަރު

މީ ތާރީހުގައި ވެސް ހެދުނު މެމްބަރުން އެންމެ ގިނަ ކޯލިޝަން: ރައީސް ޞާލިހު

އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭ އާއި އެކު ހަދާފައިވާ ކޯލިޝަނަކީ ރިޔާސީ އިންތިޚާބަކަށް ނިކުތުމަށް ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ހެދުނު އެންމެ މެމްބަރުން ގިނަ ކޯލިޝަން ކަމަށް ރައީސުލްޖުމްހޫރިއ...

މެމްބަރެއްގެ ގޮތުގައި ހުރެ މަޖިލީހަށް ވަންނަން މަސައްކަތް ކުރީތީ ކޯޓަށް ދެމި، އެއީ މާޒީ: ރައީސް
13 Jul 2023 ހަބަރު

މެމްބަރެއްގެ ގޮތުގައި ހުރެ މަޖިލީހަށް ވަންނަން މަސައްކަތް ކުރީތީ ކޯޓަށް ދެމި، އެއީ މާޒީ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީސް ކުރާ ގެއަށް ވަދެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ ކުށަކަށް ހަދާ ދައުވާ އުފުލާފައިވާ ކަމަށާއި، އެއީ މިއަދު މާޒީއަށް ވެފައިވާ ކަނ...

ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވައިކުރުން އަންނަ ހޯމަ ދުވަހު
20 Apr 2023 ހަބަރު

ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވައިކުރުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒް، މެންބަރުކަމުގެ ހުވައި އަންނަ ހޯމަ ދުވަހު ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ. ގުރައިދޫ ...