ފޮޓޯ: ވޮއިސް
ފޮޓޯ: ވޮއިސް
ހަބަރު 22 Oct 2026 | 13:31

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭގެ 21:30 އާ ހަމައަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މާދަމާ ފަތިހު 6:00 އާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ލަފާކުރާގޮތް ހާމަކުރަމުން މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވޭ މިންވަރަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން ކަނޑުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން އޮފީހުން މައުލޫމާތު ދެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ. ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އެންމެހާ އާންމު ރައްޔިތުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް
22 Oct 2026 ހަބަރު

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ފަދަ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެކޭޖަކީ އާސިއާން، ޔޫރަޕް އަދި މެދުއިރުމަތީގެ ގާތްގަނޑަކަށް 19 ގައުމަކުން ޚިދުމަތް ލިބޭ ގޮތަށް އެކުލަވައިލެވިފައިވާ ޕެކޭޖެކެވެ.

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު
22 Oct 2026 ހަބަރު

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު

ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޮންމެ ހާލަތެއްގައި ވެސް ދިގުދެމިގެން ނުދާނެ ގޮތަކަށް ޝަރީޢަތުގެ މަސައްކަތްތައް ބައްޓަންކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ
22 Oct 2026 ހަބަރު

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ

ދެ ގައުމުން ގުޅިގެން އިގްތިސާދީ ނަފާ ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި
22 Oct 2026 ހަބަރު

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި

މިދިޔަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، އެ ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުގެ މިންވަރުން 10 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް
22 Oct 2026 ހަބަރު

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް

އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެޤައުމުގެ މެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށެވެ.

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މައްސަލާގައި ޑެތް ހައްޔަރުކޮށްފި
22 Oct 2026 ހަބަރު

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މައްސަލާގައި ޑެތް ހައްޔަރުކޮށްފި

އޭނާ މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއް ހޯދައިގެންނެވެ.

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް
22 Oct 2026 ހަބަރު

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް

މާލެ ސަރަޙައްދުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އިޞްލާޙުވުމަށް އަންގައި ނޯޓިސް ދީފިއެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް
22 Oct 2026 ހަބަރު

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް

މާލެއާއި އަތޮޅުތަކުގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް މިދިޔަ އޮގަސްޓް މަހު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.