މި ސަރުކާރުގެ ފުލެޓް އަޅާ ކުންފުނީގެ މުވައްޒަފުން އަނެއްކާވެސް ހަޅުތާލަށް!
ހުޅުމާލޭގައި މިސަރުކާރުގެ ފްލެޓް އަޅަމުން އަންނަ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ގެ މުވައްޒަފުންތައްކެއް އަނެއްކާވެސް ހުޅުމާލޭގައި މުޒާހަރާ ކުރަންފަށައިފި އެވެ.
މުޒާހަރާގެ ބައިވެރިން "ވޮއިސް" އަށް މައުލޫމާތު ދެމުން ބުނީ، މުޒާހަރާއަށް ނުކުންނަން ޖެހުނު މައިގަނޑު ސަބަބަކީ، އެމީހުންގެ ކެއިންބުއިމާއި ބޭސްފަރުވާގެ ކަންކަމާއިމެދު އިސްވެރިން އިހުމާލު ވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން، ކާ ތަކެތި ތައްޔާރު ކުރުމަށް ގެނެސްފައި ހުންނަ ތަރުކާރީތައް ހުންނަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާ، އަދި މުވައްޒަފުން ބަލި ވުމުން ބޭސްފަރުވާގެ ކަންކަންވެސް ހަމަ ޖައްސައި ނުދޭ ކަމަށެވެ. އެކަން ކަމާއި ނުރުހުން ފާޅުކޮށް، ޝަކުވާ ކުރުމުން، އެމީހުންގެ ކަންކަން ބަލަހައްޓަން ހުންނަ އިންޗާޖު އާއި، އިންޖީނިއަރު މުވައްޒަފު ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށް އެމީހުން މައުލޫމާތު ދެއެވެ.

ކެއިންބުއިމާއި ބޭސްފަރުވާ އަކީ އަސާސީ ހައްގު ކަމުގައިވާއިރު، އެ ހައްގުން މުވައްޒަފުން މަހްރޫމު ކޮށްފައިވާތީ، ޖޭއެމްސީގެ މުވައްޒަފުން މުޒާހަރާ ކުރާތާ މިހާރު ދެދުވަސް ވަނީ ވެފައެވެ.

މީގެ ކުރިންވެސް ޖޭއެމްސީގެ މުވައްޒަފުންނަށް މުސާރަ ނުދީ ކެއިންބުއިމުގެ ކަންކަންވެސް އެކަށީގެންވާ ގޮތުގައި ފޯރުކޮށް ނުދޭތީ އެ ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް