ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ވެނެޒުއޭލާގެ ބައެއް އިމާރާތްތަކަށް ގެއްލުންވެފައި
ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ވެނެޒުއޭލާގެ ބައެއް އިމާރާތްތަކަށް ގެއްލުންވެފައި
ދުނިޔެ 11 Oct 2022 | 06:28

ވެނެޒުއެލާއިން މަރުވި މީހުންގެ ޢަދަދު 36އަށް އަރައިފި

ވެނެޒުއެލާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 36 އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ހިނގި މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ރަށެއް ކަމުގައިވާ ލަސް ޓެހޭރިޔާސްގައެވެ.

ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމާ ގުޅިގެން އެ ރަށަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ގިނަ ޢަދަދެއްގެ ދުއްވާ އުޅަނދެއް ވަނީ ހަލާކުވެފައެވެ.

މި ހާދިސާގައި 317 ގެއެއް މުޅިން ހަލާކުވެފައިވާއިރު 757 ގެއަކަށް ގެއްލުންވެފައިވާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ. އަދި، ބޮޑު ބަޔަކުން ކަރަންޓާއި ފެނުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެލްޕަޓޯ ކޯރު ވަނީ ބަންޑުން ވެފައެވެ. ވެރިރަށް ކަރާކަސްގެ ހުޅަނގު ދެކުނުން 50 ކިލޯމީޓަރު ދުރުގައި އޮންނަ އެ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ގަސްތަކާއި، ކާރުތަކާއި، ގެދޮރާއި ފިހާރަތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ވެނެޒުއޭލާ ސަރުކާރުން ވިދާޅުވާ ގޮތުގައި މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގި ފެންބޮޑުމުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔަ އެންމެ ބޮޑެ ކާރިސާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.