ނައިޖީރިއާގައި ފެންބޮޑުވެފައި
ނައިޖީރިއާގައި ފެންބޮޑުވެފައި
ދުނިޔެ 11 Oct 2022 | 06:44

ނައިޖީރިއާގައި ބޯޓެއް ބަންޑުން ޖަހާލައި 76 މީހުން މަރުވެއްޖެ

ނައިޖީރިއާގެ ދެކުނުއިރުމަތީ ސްޓޭޓެއް ކަމަށްވާ އަނަމްބްރާގައި ބޯޓް އެކްސިޑެންޓެއް ހިނގައި 76 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ 80 މީހުންނާ އެކު އެ ސްޓޭޓުގެ އޮގްބަރޫ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު އެވެ.

ނައިޖީރިއާގެ ރައީސް މުހަންމަދު ބުހާރީ ޓްވިޓަރ މެދުވެރިކޮށް އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، މަރުވި މީހުންގެ އަދަދު އިތުރުކަން އިމަޖެންސީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މި ހާދިސާގައި ގިނަ އަދަދެއްގެ އަންހެނުންނާައި ކުޑަކުދިން ވަނީ މަރުވެފައެވެ.

ބުހާރީ ވިދާޅުވީ، ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައިވާ ފަސިންޖަރުން ސަލާމަތް ކުރުމުފެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ އެކްސިޑެންޓްތައް ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ނައިޖީރިއާގެ އެކި ސްޓޭޓްތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވިއެވެ. އަދި ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން އެގައުމުގެ އެކި ސްޓޭޓްތަކުގައި ދިރިއުޅޭ މީހުންނަށް ވަނީ އެކަމުގެ އަސަރުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.