ހަފްލާތަކަށް ފަރުކޮޅުފުށި ދޫކުރަން ފަށައިފި
ފަރުކޮޅުފުށި އާންމު ހަފްލާތަކަށް ދޫކުރަން ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ އެކިއެކި ހަފްލާތަކަށް ފަރުކޮޅުފުށި ދޫކުރުމަށް ބުކިންއަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެޗްޑީސީން ވަނީ ފަރުކޮޅުފުށި ކުއްޔަށް ހިފުމަށް މެއިލް ކުރުމަށް އެދިފައެވެ.
ފަރުކޮޅުފުށި ހަފްލާތަކަށް ދޫކުރުން މެދުކަނޑައިލީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވުމުގެ ސަބަބުން ކޮވިޑް އައިސޮލޭޝަން ފެސިލިޓީއެއް އެތަނުގައި ގާއިމްކުރުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް