އެމްއެންޕީން ޕީޕީއެމާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
އެމްއެންޕީން ޕީޕީއެމާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު 11 Oct 2023 | 06:43

މަޖިލީހަށް ނިކުންނާނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ އެއްކޮށް: އެމްއެންޕީ

ރައްޔިތުންގެ މަޖިލީހަށް ނިކުންނާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެކުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީން) ހާމަކޮށްފި އެވެ.

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ 9 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ޕީޕީއެމް ޕީއެންސީއާއެކު ގުޅިގެން މަސައްކަތް ކުރުމަށް ހެދިފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ކުރިއަށް އޮތް އިންތިޚާބުތަކުގައި ތިން ޕާޓީން އެކުގައި ވާދަކުރުމާއި ގުޅޭގޮތުން ވަކި މާއްދާއެއް ހިމަނާފައިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ 9 ވަނަ ބައްދަލުވުމުގެ ތެރެއިން

މާލޭ މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ އިންތިޚާބުން ފެށިގެން، 2024 ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އަދި އެހެނިހެން ހުރިހާ އިންތިޚާބުތަކުގައިވެސް، 3 ޕާޓީއިން ވެސް ކެނޑިޑޭޓުން ވާދަކުރުމަށް ބޭނުންވާނަމަ 3 ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީ އެއް ބޭއްވޭނެކަމަށާއި، އިންތިޚާބުގައި ވާދަކުރާނީ ޕްރައިމަރީ އިން ހޮވޭ ފަރާތެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ޕްރައިމަރީ ކާމިޔާބުކުރާ ފަރާތްތަކަށް ތިން ޕާޓީން ވެސް އިޚްތިރާމްކުރާނެ ކަމަށާއި، އަދި ކުރިއަށް ދާނީ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތްތަކާއި އެކުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބުވީ އެމްއެންޕީން ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

އަދި ޑރ މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމްއެންޕީން ކުރަމުން ގެންދާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
06 Jul 2026 ހަބަރު

އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް

މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައެޅި ޕާޓީތަކާއި ހުށަނާޅާ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފި އެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު އޮތީ ހަތް ސިޔާސީ ޕާޓީ އެވެ. އެއީ ދިވެހިރައްޔ...

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައިފި
15 Jun 2026 ހަބަރު

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި, ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައި އެ މެންބަރުންގެ ނަންތައް ތަރުތީބުކޮށް އިއުލ...

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭގޮތުން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހު
28 May 2026 ހަބަރު

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭގޮތުން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހު

ރައްޔިތުން މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމާ ގުޅޭގޮތުން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ. މަޖިލީހުގެ ނައިބުރައީސް...