މަސްތުވާތަކެތީގެ މައްސަލާގައި މާލެ ސަރަހައްދުން ގިނަ ބަޔަކު ހައްޔަރުކޮށްފި!
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އާއްމު އުސޫލުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭ ހުޅުމާލެ އަދި މާލޭގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެގޮތުން ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި 4 އަންހެނުންނާއި 8 ފިރިހެނުންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް