ފިރިމީހާ ހައްޔަރުކޮށް، ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަނީ
ހދ.ނޮޅިވަރަމްގައި އިއްޔެ ނިޔާވެފައި އޮއްވައި ފެނުން އެރަށު ހިތަށްފިނިވާގެ، ނިޝާމާ މުޙައްމަދު (28އ)ގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ނިޝާމާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މިވަގުތު އޭނާގެ ހަށިގަނޑު އޮތީ ކުޅުދުއްފުށީގައެވެ.
ފުލުހުން ބުނީ އެ އަންހެން މީހާގެ ހަށިގަނޑު މިވަގުތު އޮތީ ކުޅުދުއްފުށީގައި ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި އދ. ފެންފުށި، ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް