ޗެލްސީ ކޮޅަށް ލަނޑުޖެހުމަށް ފަހު އެވަޓަންގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޗެލްސީ ކޮޅަށް ލަނޑުޖެހުމަށް ފަހު އެވަޓަންގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 11 Dec 2023 | 02:48

އެވަޓަންގެ ދަނޑުގައި ޖެހިޖެހިގެން ފަސްވަނަ މެޗުން ޗެލްސީ ބަލިވެއްޖެ

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޗެލްސީ އަތުން މޮޅުވެ އެވަޓަން އިން ރެލިގޭޝަން ޒޯނާއި ހަތަރު ޕޮއިންޓް ފެއަށް ޖެހިލައިފިއެވެ.

މިއީ އެވަޓަންގެ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ކުޅެ އެޓީމު ޖެހިޖެހިގެން މޮޅުވި ފަސްވަނަ މެޗެވެ. އަދި އެންމެ ފަހުން އެވަޓަންގެ ދަނޑުގައި ޗެލްސީއަށް މޮޅެއް ހޯދިފައިވަނީ 2017 ވަނަ އަހަރު އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީ އިން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ އެވަޓަންގެ ކީއްޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިހާފުގައި އެވަޓަން އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޖެކް ހެރިސަން އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ. މީގެ އިތުރުން ވެސް މިހާފުގައި ޗެލްސީ އިން ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އެވަޓަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާލީގެ މިޑްފީލްޑަރު އަބުދުލަޔޭ ޑޮކޫރޭ އެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ދެވަނަ ހާފުގައި ޗެލްސީ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އެވަޓަންގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ.

އެވަޓަން އިން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން ފޯވާޑް ލުވިސް ޑޯބިން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެވަޓަން ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 16 މެޗުން އެވަޓަން އަށް 13 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ. އަދި މިމެޗު ބަލިވި ޗެލްސީ ލީގުގައި ކުޅުނު 16 މެޗުން ލިބުނު 19 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.