ޒަކާ އަދި އެމްބޯލޯ.. ފޮޓޯ: ޔާހޫ ސްޕޯޓްސް
ޒަކާ އަދި އެމްބޯލޯ.. ފޮޓޯ: ޔާހޫ ސްޕޯޓްސް
ކުޅިވަރު 28 Oct 2026 | 03:20

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

ކޮވިޑް-19 ގެ ސައްހަ ނޫން ވެކްސިން ސެޓްފިކެޓްތަކެއް ހޯދި މައްސަލައިގައި ސުވިޒަލޭންޑްގެ ގައުމީ ޓީމުން ބާކީކުރި ކެޕްޓަން ގްރޭނިޓް ޝާކާ އާއި ފޯވާޑް ބްރީލް އެމްބޯލޯއަށް އަލުން ޓީމުން ފުރުސަތު ދޭން ނިންމައިފިއެވެ.

މި ދެ ކުޅުންތެރިންނަށް އަލުން ގައުމީ ޓީމުގެ ދޮރު ހުޅުވާލާފައިވަނީ، އެ މީހުން ހިންގި އަމަލާ ގުޅިގެން ކުރިއަށްދިޔަ ތަހުގީގުތަކާއި ގާނޫނީ މަރުހަލާތައް ނިމުމަކަށް އައުމާ ގުޅިގެންނެވެ. މި މައްސަލައިގައި ދެ ކުޅުންތެރިން ކުރެ ކޮންމެ ކުޅުންތެރިއަކު 150,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށް، ދެ އަހަރު ދުވަހުގެ މުއްދަތަކަށް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް، މި ސަސްޕެންޝަން ތަންފީޒުކުރާނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިތުރު ކުށެއް ކޮށްފިނަމައެވެ.

ސްވިސް ފުޓްބޯލް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، މި މަހުގެ ކުރީކޮޅު ކުޅުނު މެޗުތަކުން މި ކުޅުންތެރިން ބާކީކުރި ނަމަވެސް، އަންނަ ނޮވެމްބަރު މަހު ސްލޮވީނިއާ އާއި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގުގެ މުހިންމު މެޗުތަކަށް އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ.. ގައުމީ ޓީމުގެ ޑައިރެކްޓަރު ޕިއެރްލުއިޖީ ޓާމީ ވިދާޅުވީ، ދެ ކުޅުންތެރިންނަށް މިހާރު ދެވިފައިވާ އަދަބުތަކަށް ބަލާއިރު، އަލުން ޓީމަށް ގެނައުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ނޭޝަންސް ލީގުގެ ގްރޫޕްގެ އެއްވަނައިގައި ސުވިޒަލޭންޑް އޮތްއިރު، އަންނަ މަހު ކުޅޭ ފަހު ދެ މެޗަކީ އެ ޓީމަށް ވަރަށް މުހިންމު ދެ މެޗެވެ. ކޯޗު ޔަކިންގެ ސްކޮޑު އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
26 Oct 2026 ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި
26 Oct 2026 ކުޅިވަރު

ރެއާލް މެޑްރިޑުން ބާސެލޯނާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ 'ކްލަސިކޯ' ކާމިޔާބުކޮށްފި

މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގައި އަދިވެސް އެއްވަނާގައި އުޅެނީ ބާސެލޯނާއެވެ. އެގޮތުން 27 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނާގައި އުޅޭއިރު ދެވަނާގައި 25 ޕޮއިންޓާއެކު އުޅެނީ އެތްލެޓިކޯ މެޑްރިޑެވެ. ތާވަލްގެ ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު
26 Oct 2026 ކުޅިވަރު

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު

މި ނާކާމިޔާބީއާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓަށާއި ވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ ކްލަބުން ވަކިވުމަށް ގޮވާލައި އަޑުއުފުލާފައެވެ. .

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން
24 Oct 2026 ކުޅިވަރު

ސާކާއަށް ލިބުނު އަނިޔާ ސީރިއަސްވެ ބައެއް މެޗްތައް ގެއްލުމުގެ ނުތަނަވަސްކަން

ފާއިތުވި ދެ ސީޒަނުގައިވެސް ސަކާއަށް ވަނީ ތަފާތު އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ކޯނާ މަސްގަނޑާއި، އުނަގަނޑު އަދި ފައިގެ ފަހަތު މަސްގަނޑަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ވަނީ މީގެ ކުރިންވެސް މުހިންމު މެޗުތަކަކުން ބާކީވެފައެވެ.