ގެމަނަފުށީ ފާމަސިސްޓަކަށް ބިރު ދެއްކުމުގެ ސަބަބުން ހާލު ދެރަވެ، ސިއްހީ މަރުކަޒުގައި ފަރުވާ ދީފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ގއ. ގެމަނަފުށީ ބޭސްފިހާރައެއްގައި މަސައްކަތްކުރާ ފާމަސިސްޓަކަށް ބިރު ދެއްކުމުގެ ސަބަބުން ހާލު ދެރަވެ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފިއެވެ.
ފުލުހުން ބުނީ ގއ. ގެމަނަފުށީގައި ހުންނަ ބޭސް ފިހާރައަކަށް ދިޔަ މީހަކު ބޭސް ނުލިބިގެން ރޭ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށެވެ.
އަދި އެކަމާ ގުޅިގެން ފާމަސީގައި އިން މީހާ ބިރުގަނެ، އޭނާގެ ހާލަތު ދެރަވެ، ގެމަނަފުށީ ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފަރުވާއަށްފަހު އެ މީހާ ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް