އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ބައެއް އޮފީސްތަކުގައި ކުރިން މަސައްކަތް ކުރި މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
އަދަދު ނޫހުން އާންމުކުރި “އައިޝާ” ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އެ ޑޮކިއުމަންޓްރީގައި ވާހަކަ ދައްކާ އަންހެން މީހާ، ރައީސަަށް ނިސްބަތްކޮށް ވަރަށް ހުތުރު ތުހުމަތުތައް ކުރެ އެވެ.
އެ ޑޮކިއުމަންޓްރީގައި ވާހަކަ ދައްކަނީ ދައުވާ އުފުލި އަންހެން މީހާ ކަމަށް ވެ އެވެ. އޭނާގެ މައްޗަށް އޮތް ތުހުމަތުތަކާއި ގުޅިގެން ތަހުގީގަށް ފުލުހުންގެ އިދާރާއަށް ވަނީ ހާޒިރުކޮށް ސުވާލި ކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް