ފަތުރުވެރިން ގޮވައިގެންދިޔަ ސަފާރީ އެއް ދަރަވަންދޫ ނެރުމައްޗައް އަރައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބުލޫ ލެގޫން ނަމަކަށްކިޔާ ސަފާރީއެއް ބ. ދަރަވަންދޫ ނެރުމައްޗައް އިިއްޔެ އަރައިފިއެވެ.
އިންޔެ ހިނގި މިހާދިސާގެ ހަބަރު އެމްއެންޑީއެފްގެ ނޯދާން އޭރިއާ އަށް ލިބިފައިވަނީ އިއްޔެ 00:45 ހާއިރުއެވެ. އަދި މި މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފްގެ ނޯދާން އޭރިއާގެ ކޯސްޓްގާޓް ސްކުއަޓްރޮން ގެ ހާބަރ ކްރަފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާ ހިނގިއިރު އެ ސަފާރީގައި 13 ފަތުރުވެރިންނާއި 14 ފަޅުވެރިންނާއެކު ޖުމްލަ 27 މީހުން ތިބިކަމަށްވެއެވެ. އަދި މިއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
މި ސަފާރީ ފުން ކުރުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތުން ކުރަމުން ދާކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޓްގެ ޑައިވަރުންދަނީ ސަފާރީ ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯޜުކޮއްދެމުން ކަމުގައި މައުލޫމާތުުލިބެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް