ވައްކަމާއި ފޭރުމުގައި ގެއްލުނު 8 ލައްކަ ރުފިޔާ ހޯދައިފި
ޖުލައި 5 އިން 11 އާ ދެމެދު މާލެ ފުލުހުންނަށް ހުށަހެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލިފައިވާ ކަމަށް ލަފާކުރެވޭ 838,434 ރުފިޔާގެ ތެރެއިން 826,730 ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފިއެވެ.
އެ ހަފުތާގެ ތެރޭގައި ފުލުހުން އަނބުރާ ހޯދައި ވެރިފަރާތާ ހަވާލުކުރި މުދަލުގެ އަގު ޖުމުލަ ގެއްލުމުގެ 98 އިންސައްތައަށް ވުރެ މައްޗެވެ. މިއީ މައްސަލަތައް ތަޙުޤީޤުކޮށް ވަގަށް ނެގި ތަކެތި ހޯދައި ވެރިފަރާތާ ހަމައަށް ފޯރުކޮށްދިނުމުގައި ފުލުހުންގެ އޮފިސަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި މި ނަތީޖާ ހާސިލުވީ ޓީމެއްގެ ގޮތުގައި ހުއްޓުމެއް ނެތި ކުރި މަސައްކަތާއި މުޖުތަމަޢަށް ޚިދުމަތް ކުރުމުގައި ދެމިތިބުމުގެ ސަބަބުންނެވެ.

މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް